ހައްދުންމަތީ ހިތަދޫ ކައުންސިލްގެ 2 ވަނަ ޤުރުއާން މުބާރާތާއި ގުޅޭ
ހައްދުންމަތީ ހިތަދޫ ކައުންސިލްގެ 2 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަމެވެ. މި މުބާރާތަކީ ހައްދުންމަތީ ހިތަދޫ ސްކޫލުގައި ރަޖިސްޓްރީވެ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށާއި ހައްދުންމަތީ ހިތަދޫގައި ރައްވެހިވެފައިވާ ފަރާތްތަކަށް ހުޅުވާލައިގެން ޖުމްލަ 10 އުމުރުފުރާއަކަށް ބަހާލެވިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މުބާރާތުގެ ޤަވައިދާއި ބައިވެރިވުމަށް އެދޭ ފޯމު މި އިދާރާއިން ލިބެން ހުންނާނެއެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާނީ 5 މާރޗް 2025 ގެ 14:00 ގެ ނިޔަލަށެވެ.