ވެލި ދޫކުރުމާބެހޭ
ވެލި ދޫކުރުމާބެހޭ
ރައްޔިތުންގެ އަމިއްލަ ބޭނުންތަކަށް، ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ޖަމާކުރެވިފައިވާ ވެލިފުނިތަކުން ވެލި ދޫކުރާގޮތަށް ކައުންސިލުން ނިންމާފައިވާތީ، ވެލި ގެންދިއުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ފޯމް ހުށަހަޅާ ގެތަކަށާއި އަދި ކޮންމެ ގެއަކަށް ދޫކުރެވޭނީ 150 ގޯނީގެ ވެއްޔެވެ. އެހެންކަމުން، ވެލި ބޭނުންވާ ފަރާތްތަކުން 30 މާރޗް 2025 ގެ ކުރިން ފޯމް ހުށަހަޅައި ހުއްދަ ހޯދުމަށްފަހު ކައުންސިލުން ވެލި ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ވެލި ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ. ވެލި ގެންދިއުމާއި ދޫކުރުމަށް ޢަމަލު ކުރަންޖެހޭ ގޮތްތައް ވެލި ހުއްދައަށް އެދޭ ފޯމްގައި ބަޔާން ކުރެވިފައިވާނެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ދުވަސްތަކު ރަސްމީގަޑީގައެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6800005 ނަންބަރަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.