އެސިސްޓެންޓް ކައުންސިލް އޮފިސަރ – ވަގުތީ (ކޮންޓްރެކްޓް އެމްޕްލޯއިމަންޓްގެ ދަށުން 3 މަސް ދުވަހުގެ މުއްދަތައް) މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓް (އޭ2 ޝީޓް) އާންމުކުރުން.
މި އިދާރާގެ ނަންބަރު (IUL)404-CA/404/2024/104 (6 ޖަނަވަރީ 2025) އިޢުލާނުން އެސިސްޓެންޓް ކައުންސިލް އޮފިސަރ މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ A2 ޝީޓް މި އިޢުލާނާއިއެކު އާއްމުކުރަމެވެ.
އަދި A2 ޝީޓާއި ގުޅިގެން ޝަކުވާއެއް އޮތްނަމަ މިއަދުން ފެށިގެން ރަސްމީ ބަންދުނޫން 03 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ. ޝަކުވާ ހުށަހެމުގައި އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅުއްވާނީ hr@hithadhoo.gov.mv އަށެވެ.